ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2-0 އިން މޮޅުވެ، އަލުން ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެެވެ.
މި މެޗަށް ނުކުތްއިރު، ހަތަރެއްގައި އޮތް ނިއު މި މެޗުން ހޯދި ޕޮއިންޓުތަކާ އެކު ތިން ވަނައިގައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ބުރު ސްޕޯޓްސް ކްލަބުން ހަތަރެއްގައި އޮތީ 15 މެޗުން 27 ޕޮއިންޓާ އެކު އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއު އިން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، އެ ޓީމަށް މި ލަނޑު ޖަހާފައިވަނީ ފަހަތަށް ކުޅެމުން އަންނަ ޑިފެންޑަރު، މުހައްމަދު ނިޒާމް (ޕީކޭ) އެވެ. މިއީ، ގާތްގާތުގައި ނިއު އަށް ލިބުނު ދެ ވަނަ ކޯނަރުގައި، އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރަކުން ޕީކޭ ބޮލުން ޖެހި ގޯލެކެވެ.
ނިއު އިން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ އެވެ. ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނަގައިދިން ބޯޅައަކަށް އަރައި ގޭރޯ މި ލަނޑު ޖެހީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ނިއު އިން މި މެޗުގައި ވެސް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ދެ ވަނަ ހާފުގައި ކުޅެން ނެރެފަ އެވެ.
ލީގުގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 15 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ތިން ވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ