ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާއަށް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބުނު 497 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތަ އިތުރު އަދަދެކެވެ.ބީއެމްއެލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެ ބޭންކުން ބުނީ އާމްދަނީ އިތުރުވީ ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާއާ ގުޅިގެން ކަމަށެވެ. އާމްދަނީއާ އަޅައިބަލާއިރު ހަރަދު ހުރި މިންވަރު ދައްކައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅުކުރެވިފަ އެވެ.ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ މިދިޔަ ތިން މަހު ލިބުނެވެ. އަދި ބޭންކު ހިންގުމުގެ ހަރަދުތައް ވަރަށް ބަލައިގެން މެނޭޖު ކުރުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ހަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 ޕަސެންޓުން 24 ޕަސެންޓަށް އިތުރަށް ރަނަގަޅު ވެފައި ކަމަށް ބީއެލްއެމުން ބުންޏެވެ."މީގެ އިތުރުން އައިއެފްއާރްއެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުންނެވެ."ބީއެމްއެލްއިން ބުނީ، ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވެސް އެ ބެންކުން ބުންޏެވެ.ބީއެމްއެލްއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ބެންކަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ