ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލާހު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ވަނަރެއްގެ ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރީ:
އަލީ އަފްލާހު، ހައިރާތު/ހުޅުމާލެ
އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ވަނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ ކުދިންތަކަކަށް
އޭނާ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ދޫކޮށް ގޮސް، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ހިއްސާ އޭނާގެ އާއިލާގެ ބަޔަކަށް ބަދަލުކޮށްފައިވޭ
އޭނާ ހައްޔަރުކުރީ އެނބުރި ރާއްޖެ އައި ތަނުން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ