އުނަގަނޑުގެ ތަދާ އާތިރައިޓިސްއަށް ފަސޭހައިން ލުއިލިބޭ ފަރުވާއެއް! ލިބިގަންނަންވެސް އެހާފަސޭހަ!

އާތަރައިޓިސްގެ ތަފާތު އުނދަގޫތައް ތަޙައްމަލުކުރަންޖެހި ގަދަވޭނުގައި އުޅެންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. ހަމައެއާއިއެކު އުނަގަނޑުގައި ރިއްސުން (ބެކްޕޭން) މިއީ ހުރިހާ ޢުމުރެއްގެވެސް ގިނަ ބައަކަށް އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. 
އެހެންވެ މިބުނެދެނީ ގިނަ ބައަކަށް ލުއިލިބޭ ފަރުވާއެކެވެ. ތައްޔާރުކޮށްލަންވެސް އެހާފަސޭހައެވެ. 
ހެޔޮވަރުގެ 3،4 ލޮނުމިދު ޗިސްކޮށްލާށެވެ. ކިރުފޮދެއްގެ ތެރެއަށްލައި ލޮނުމިދުން ތެޔޮ ނުކުންނާނެ ވަރަށް ކައްކާލައިގެން ނިދުމުގެ ކުރިން މަޑު ހޫނުކަމުގައި ކިރުފޮދު ބޮއިލާށެވެ. ދުވަސްކޮޅެއްވަންދެން ފަރުވާ ކުރިއަށް ގެންދާށެވެ! 
ތަޖުރިބާކުރި ގިނަ ބައަކަށްވަނީ ލުއި ލިބިފައެވެ. ބައެއް މީހުންނަށް އެކުގައި ޝިފާ ލިބިފައެވެ. ތަޖުރިބާކޮށްލުން ކީއްހެއްޔެވެ؟ މީގެ އިތުރުން ހަށިގަނޑުގެ ސައިޓިކް ނާރުގައި އުފެދިފައި ހުންނަ ދުޅަތައް ނައްތާލައިދެއެވެ.
 
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ