ބަންގްލަދޭޝް އިން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލި ނިންމުން ބަދަލުކޮށްފި
ބަންގްލަދޭޝްގައި އަންނަ މަހު ބާއްވާ އާންމު އިންތިހާބާ ދިމާކޮށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން ބަދަލުކޮށް، އެ ގައުމަށްދާ މީހުންނަށް އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ. އަންނަ މަހު ބާއްވާ ބަންގްލަދޭޝްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ބުރާސްފަތި ދުވަހުން މަސް ދުވަހަށް އޮންއެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަށް ދިވެހިން ސަމާލުވުމަށް އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.އެ ނިންމުން ބަދަލުކޮށްފައިވާތީ ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ އެ ނިންމުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް އެ ގައުމަށް ދާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ.ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް ސިއްހީ ދާއިރާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ