ސަރުކާރު މުވައްޒަފުންނަށް މި މަހު 12ގައި ރޯދަ އިނާޔަތް ދެނީ

ސަރުކާރުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް މި މަހުގެ 12 ވަނަ ދުވަހު ރޯދަ އެލަވަންސް ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ތަފްސީލް - އެ މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ:
ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ހުރިހާ މުސްލިމް މުވައްޒަފުންނަށް ރޯދަ އެލަވަންސްގެ ގޮތުގައި ދޭން ޖެހޭ 3،000ރ. ދޫކުރާނެ
މުސާރަ ލިބޭ ދެ ވަޒީފާއެއްގައި އުޅޭ ނަމަ، އެލަވަންސް ދޭނީ އެއް ވަޒީފާއަކުން
ރޯދަ އެލަވަންސް ނުލިބޭ މީހުންގެ ތެރޭގައި ހިމެނެނީ:
ރޯދަ މަސް ފެށޭއިރު، އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގައި އާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން
އެކަމަކު ޕޭ ލީވްގައި ހުންނަ މީހަކު، ރޯދަ މަސް ފެށޭއިރު މަސައްކަތަށް ނުކުމެއްޖެ ނަމަ އެ ދުވަހަށް ބަލައިގެން އެލަވަންސް ދޭން ޖެހޭނެ
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ މި މަހު 18ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ