އެސްޓީއޯގެ ސާފު ފައިދާ މިދިޔަ އަހަރު 762 މިލިއަންގައި

މި އަހަރު އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އއަހަރާ އަޅާ ބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން މި މިދިޔަ އަހަރު 910 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކުހަށް ކެނޑުމަށް ފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ ލިބުނު އިރު މިއީ 2024 އަށް ވުރެ ތިން ޕަސެންޓް އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 4.1 ބިލިއަން ރުފިޔާ ލިބުނީ އަހަރުގެ ހަތަރު ވަނަ ނުވަތަ ފަހު ކުއާޓަރުގައި ކަމަށެވެ. އެހެންވެ މިއީ ތިން ވަނަ ކުއާޓަރާ އަޅާބަލާ އިރު 8 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުން ކަމަށެވެ. އެގޮތުން ތެލުގެ އާމްދަނީ ހަތަރު ޕަސެންޓް އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ 19 ޕަސެންޓަށް އިތުރު ވެފައިވެ އެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 11 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ 11 ޕަސެންޓަށް ވުރެ އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްހަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓަރަށް ވުރެ 20 ޕަސެންޓްގެ އިތުރުވުމެކެވެ.
ޓެކުހަށް ކެނޑުމަށް ފަހު، ފަހު ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ