ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފި

މި މުބާރާތުގެ އެންމެ ޚާއްޞަ އެއް ކަމަކީ، މުޅި މުބާރާތުން އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕެވެ. މި ސްކޮލަރޝިޕްގެ ދަށުން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް، ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ވަނަ ހޯދާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ޖުމްލަ އަށް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޤައުމީ މަރުކަޒުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ