ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް މިހާތަނަށް ކުރިމަތިލެއްވީ ގާސިމް އެކަނި ކަމަށެވެ. ނަމަވެސް ނައިބު ލީޑަރުގެ މަގާމަށް ނަހުލާއާއެކު 11 މީހަކު ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ގާސިމް މި މަގާމަށް ކުރިމަތިލެއްވި ހަތަރު ވަނަ ފަހަރެވެ. އެ ޕާޓީގެ ލީޑަރުގެ މަގާމު މިހާތަނަށް އަދާ ކުރެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް، އަދި ނައިބަކަށް ނަހުލާ ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ