ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފިއެވެ.
ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް 2023 އޮތީ ޤަތަރުގެ ދޯހާގައި ހުންނަ ޤަތަރުގެ ނޭޝަނަލް ކޮންވެންޝަން ސެންޓަރ ގައި 2023 ޖޫން 22 އިން 27 އަށެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 12 ދަރިވަރުން ގްލޯބަލް ރައުންޑުގައި ބައިވެރިވިއިރު އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތައް ހިމެނޭގޮތުން 30 ގައުމަކުން ޖުމްލަ 1800 ވުރެ ގިނަ ކިޔަވާކުދިން މި ސްކޮލަރސް ކަޕްގައި ބައިވެރިވިއެވެ.
ފަހުގެ ވިސްނުންތަކާއެކު ފަރުމާކޮށްފައިވާ ތަފާތު ވައްތަރުގެ ދިރާސީ ޙަރަކާތްތައް ހިމެނިގެން ހިންގި ޙަރަކާތްތަކުން ސީނިއަރ ޑިވިޝަނުގެ އޯވަރޯލް ޗެމްޕިއަން ޓީމުގެ ފަޚުރުވެރި މަޤާމު ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޓީމުން. ޗެމްޕިއަން ޓީމުގައި ހިމެނޭ ދަރިވަރުންނަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޢާއިޝަތު ރާޔާ ނިމާދު، ޢާއިޝަތު ކާޔާ ރިފާއީ އަދި ފާޓިމަތު ރައުމު މުޚުތާރުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 1800 އަށްވުރެ ގިނަ ދަރިވަރުން ބައިވެރި އެކި އެކި ދިރާސީ މުބާރާތްތަކުން 26 ގޯލްޑް މެޑަލް އަދި 48 ސިލްވަރ މެޑަލް ހޯދާފައިވެއެވެ.
ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ