އިސްލާޙީ މަސައްކަތް ކުރިއަރައިގެންދިއުމަށް އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބެން ޖެހޭކަމަށް ދާހިލީ ވަޒީރު އިމްރާން އަބްދުﷲ ގޮވާލެއްވުމުން ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގައި 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދި އަންނަމުންދާ ކުރިއެރުމުގެ މަރުހަލާގައި, ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބުމަކީ މުހިންމުކަމެއް ކަމަށް އެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.
ދުނިޔެއަކީ ގުޅިލާމެހިފައިވާ ތަނެއް ކަމަށާއި އެހެންކަމުން އެހެން ޤައުމުތަކުން ފިލާވަޅުތައް ލިބިގަންނަންޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގެ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތްކުރާ ގޮތާއި، ކުރިއަރާ ގޮތާއި، އެޕާޓީތަކުގެ ވިސްނުން ބައްޓަން ކުރަމުންދާ ގޮތާއި، ދަރުސްތަކުން އިބުރަތް ލިބިގަނެގެން އޭގެ މައްޗަށް މަސައްކަތް ބައްޓަން ކުރަންޖެހިފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީދު ވަނީ، އެންމެން އެއް ވިސްނުމެއްގައި ތިބެންޖެހޭކަމަށް ގޮވާލުމަކީ ވިސްނުމުގެ ބޭނުން ނުކުރަން ގޮވާލުންފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޝަހީދު ވިދާޅުވީ އިސްލާހަކީ ތަފާތު ވިސްނުމަށް ފުރުސަތު ލިބިގެން ތަފާތު ހިޔާލު ބޭނުން ކުރެވިގެން އަދި ކަންކަން ކުރާގޮތް ބަދަލުކުރެވިގެންނޫނީ ހާސިލްކުރެވޭނެކަމެއް ނޫންކަމަށެވެ.
އިސްލާޙީ މަސައްކަތް ކުރިއަރައިގެންދިއުމަށް އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބެން ޖެހޭކަމަށް އިމްރާން ވިދާޅުވިއިރު ސިޔާސީ ހަރަކާތްތަކުގައި އިލްމުވެރިން ހަރަކާތްތެރިވާތީ އާއްމުންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. ހާއްސަކޮށް އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަށް މި ފާޑިކިޔުންތައް ވަރަށް ގިނައިން އަމާޒުވެއެވެ.
އިސްލާހީ މަސައްކަތުގައި ތަފާތު ވިސްނުމަށް ޖާގަ ދޭންޖެހޭ: ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ