މާޔޫސް ނުވެބަލަ! ހިތް ނޭދޭގޮތަކަށް ކަމެއް ކުރިމަތިވުމުން އެއީ ލިބުނު ދެރައެއްކަމަށް އަހުރެމެންނަށް ޤަބޫލުކުރެވުނަސް އެއީ ދެރައަކަށް ނުވާނެ! ވާނީ ލެއްވެވި ބޮޑު ރަހްމަތަކަށް!: މުފްތީ މެންކް

ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބުނުކުރެވުމުން ނުވަތަ ހިތް ނުއެދޭ ގޮތަށް ކަމެއް ކުރިމަތިވުމުން އެއީ ލިބުނު ދެރައެއް ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވުނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ތަފާތެވެ. އެއީ ލިބުނު ދެރައަކަސް ނުވާނެއެވެ. އެހެނީ އެއީ އެކަން ﷲ ތަޢާލާ ނިންމަވާފައިވާ ގޮތެވެ.
އެއްވެސް މީހަކަސް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ ކުރިމަތިނުކުރައްވަވާނެތެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިކުރިމަތި ކުރެއްވެވިޔަސް އެކަންވާނީ އެމީހަކަށް ލެއްވެވި ރަޙްމަތަކަށެވެ. އެހެނީ ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާޗެރިވެވޮޑިގަތުން ﷲ ތަޢާލާ ވަނީ އެކަލާނގެ ޒާތުފުޅަށް ޙަރާމް ކުރައްވަވައިފައެވެ. 
ހުރިހާވެސް މައްސަލައަކީ އަހުރެމެންނަށް ލިބިފައިވާ ޢިލްމުގެ ކުޑަކަމެވެ. ޣައިބް އެއްވެސް ވަރަކަށް ނުއެނގޭ އަދި ނުވެސް އެނގޭނެ ކަމެވެ. އެހެނަސް ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ކރިން ވީގޮތާއި މާދަމާ ވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. 
އަހުރެމެން ކުރަން އޮތް ފުރަތަމަ ކަމަކީ ބަރާބަރަށް ނަމާދުކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ފިސާރި ވަރުގަދައަށް ޘާބިތުވުމެވެ. އެއިރުން އެމީހެއްގެ ހުރިހާ ބޭނުންތަކެއް އެމީހަކަށް އެންމެ ފައިދާ ބޮޑުވާނެގޮތަށް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ