ދިރާގު ގޭމިން ކޮންކުއެސްޓް: އެންމެ ބޮޑު ގޭމިން މުބާރާތް ފަށައިިފި

ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 1،500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިންނާ އެކު މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ޑީއެމްޖީސީ ތިން ދުވަހަށް ކުރިއަށްދާނެ އެވެ.
ތަފްސީލް - މި މުބާރާތުގައި:
ވާދަވެރި ހަތަރު މެޗުގެ ފޯމެޓު ފެނިގެންދާނެ
ބައިވެރިވެ ވަނަވަނަ ހޯދާ ކުޅުންތެރިންނަށް ޖުމްލަ 170،000ރ.ގެ އަގުހުރި އިނާމު ދޭނެ
އެ މުބާރާތްތަކުގެ އިތުރުން ފެނިގެންދާނީ:
ރޭސިން ސިމިއުލޭޝަން ޒޯން
ވާޗުއަލް ރިއަލިޓީ (ވީއާރު) ޒޯން
ފްރީ ޓު ޕްލޭ ސްޓޭޝަންސް
ބޯޑް ގޭމުތައް
ކާބޯތަކެއްޗާއި ގޭމިން އެކްސެސަރީޒް އަދި އެހެނިހެން ތަކެއްޗަށް ހާއްސަ ސްޓޯލްތަކެއް
ބުނީ ކީކޭ؟ - "މިއަދަކީ ރާއްޖޭގެ ގޭމިން ތާރީހުގައި ފާހަގަކޮށްލެވޭ ހާއްސަ ދުވަހެއް. މިއަދު މި ފަށަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް،" ދިރާގުގެ ޑިރެކްޓަރު އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މިރްޝާން ހަސަން ވިދާޅުވި އެވެ.
މިއީ، ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް، ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ އިތުރުން ޒިންމާދާރުކަމާ އެކު ގޭމް ކުޅުމުގެ އާދަތައް (ރެސްޕޮންސިބަލް ގޭމިން) އަށަގަންނުވައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ