ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެތީގެ ފަރުވާ ހޯދަމުންދާ މީހުންގެ ޔޫރިން ސާމްޕަލް 25 ދުވަހުގެ މެދުކެނޑުމަކަށްފަހު ނަގަން ފަށައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެންޑީއޭއިން ފަރުވާ ހޯދާ މީހުންގެ ނަގާ ޔޫރިން ސާމްޕަލް ކިޓް ހުސްވީ އޮގަސްޓް 25، ގަ އެވެ. ސާމްޕަލް ނަގާ ކިޓް ލިބުމުން އަލުން ޓެސްޓުތައް ހަދަން ފެށީ މިދިޔަ ހަފްތާގައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.
"އޮގަސްޓް 25، ގައި އެންޑީއޭއިން ޔޫރިން ސާމްޕަލް ނަގާ ކިޓްތައް ހުސްވި. އެކަމަކު މިދިޔަ ހަފްތާގައި ސަޕްލައި ލިބުމުން އަލުން ޓެސްޓު ހަދަން ވަނީ ފަށާފައި. 25 ދުވަހުގެ މެދުކެނޑުމެއް އައި،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުންޏެވެ.
އެންޑީއޭއިން ޔޫރިން ސާމްޕަލް ނަގާ ކިޓްތައް ހުސްވި ސަބަބެއް އެތަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެންޑީއޭއިން ޓެސްޓު ކިޓްތައް ހުސްވީ ކަނޑައަޅާފައި އޮތް ދުވަހަށް އެތަކެތި ސަޕްލައިކުރާ ސަޕްލަޔަރަށް ފޯރުކޮށްނުދެވުމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެންޑީއޭއިން ފަރުވާ ހޯދާ މީހުން މޮނިޓާ ކުރުމުގެ ގޮތުން ޔޫރިން ސާމްޕަލް ކޮންމެ ހަފްތާއަކު ނަގައި ތަހުލީލު ކުރެ އެވެ. އެ ސާމްޕަލް ނުނެގި 25 ދުވަސް ފާއިތުވުމުން ފަރުވާގައި ތިބޭ މީހުން އެންޑީއޭއިން މޮނިޓާ ކުރުމަށް ދަތިތައް ދިމާވާނެ އެވެ.
ފަރުވާގެ ތެރެއިން ނަގާ ޔޫރިން ސާމްޕަލް ޕޮޒިޓިވްވެއްޖެނަމަ ފިޔަވަޅު އަޅަ އެވެ. އެގޮތުން ފަރުވާ ޕްރޮގްރާމްގެ ތެރެއިން ތަކުރާރުކޮށް ޔޫރިން ޕޮޒިޓިވްވާނަމަ ޕްރޮގްރާމުން ވަކިވެސް ކުރެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރާ މީހުންގެ ކުޑަކަމުދާތަކެތި ދެވަނަ މަރުހަލާގައި ޓެސްޓުކުރަނީ ވެސް އެންޑީއޭއިންނެވެ.
25 ދުވަހުގެ މެދުކެނޑުމަކަށް ފަހު އެންޑީއޭއިން ޔޫރިން ސާމްޕަލް ނަގަން ފަށައިފި 25 ދުވަހުގެ މެދުކެނޑުމަކަށް ފަހު އެންޑީއޭއިން ޔޫރިން ސާމްޕަލް ނަގަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ