ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވ. ފުލިދޫ އާއި ތިނަދުއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ވ. ފުލިދޫ އާއި ތިނަދޫގައި އޭޓީއެމްގެ ހިދުމަތް އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
ރައީސް މުހައްމަދު މުއިއްޒު
 ވަޒީރުން 
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "[އިއްޔެ] ތައާރަފުކުރި ދެ އޭޓީއެމްއާ އެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބެން ހުންނާނެ. އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުން ވެސް ބޭންކިން ހިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
"[މިއަދު] ވ. ރަކީދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު އަޅުގަނޑުމެން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚހިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާ ވެސް ގާތުން އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ."
20 އަތޮޅުގައި 42 ބްރާންޗު 
165 ސެލްފް ސާވިސް ބޭންކިން ސެންޓަރު 
224 އޭޓީއެމް 
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ