ހުޅުމާލެ ބޭރުގައި ބަޑިޖަހައިގެން ތަމްރީނުތަކެއް ބާއްވަނީ

ހުޅުމާލެ ބޭރުގައި ބަޑިޖަހައިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމައިފިއެވެ. ޑިފެންސް މިނިސްޓްރީން މިއަދު ބުނީ، އެމްއެންޑީއެފުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހުޅުމާލޭގެ އިރުން ހަތް ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ، އެ މުއްދަތުގައި ކޮންމެ ދުވަހަކު ހެނދުނު 06:00އިން 17:30އަށެވެ. އެ މިނިސްޓްރީން ބުނީ، ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން ހަތް ނޯޓިކަލް މޭލު ބޭރުން 5،000 މީޓަރު ދުރުމިނަށް ކަމަށާއި 500 މީޓަރު އުސްމިނަށް ކަމަށެވެ. މީގެ ކުރިން ވެސް އެމްއެންޑީއެފުން މާލެ ސަރަހައްދުގައި މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވާފައިވެއެވެ. އާންމުކޮށް، އެފަދަ ތަމްރީނުތައް ބޭއްވުމުގެ ކުރިން އެ މުއައްސަސާއިން އިއުލާނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ