މާލޭ ގެއެއްގެ ތެރޭ 18 އަހަރުގެ އަންހެނަކު ކިޑްނެޕްކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ މާލޭ ގެއެއްގެ ތެރޭ 18 އަހަރުގެ އަންހެނަކު ކިޑްނެޕްކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭ ގެއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާން އަންހެނަކު ކިޑްނެޕް ކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިރޭ އިރުއޮއްސި 6:00 ޖެހިއިރު ކަމަށެވެ.
ނުރުހުމުގައި ގެއެއްގެ ތެރޭ ހިފެހެއްޓުމަށްފަހު ޖިސްމާނީ އަނިޔާކޮށްފައިވަނީ 18 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެމީހާއަށް ކުރި އަނިޔާގެ އެއްވެސް ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ތުހުމަތުވާ މީހެއްގެ ނުވަތަ ބައެއްގެ އެއްވެސް ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ފުލުހުންގެ އެހީތެރިކަމަށް އެދިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެގެން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ރޭ ބުނެފައިވެ އެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނީ ހަމަ އެ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ