ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026: ރާއްޖޭގެ ފުރަތަމަ މެޗުތައް ޕާކިސްތާނާއި އިންޑިއާއާ ދެކޮޅަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް، އަދި ގައުމީ އަންހެން ފުޓްސަލް ޓީމު ކުޅޭ ފުރަތަމަ މެޗުގައި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެއެވެ. ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އަންހެން އަދި ފިރިހެން ޑިވިޝަނަށް ވަކިވަކިން މުބާރާތް ބާއްވާއިރު، މި މުބާރާތް ކުރިއަށްދާނީ ޖެނުއަރީ 14-26 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ. ފިރިހެން ޑިވިޝަނުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭނީ 16 ޖެނުއަރީގައެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ. އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24 ގައި ރާއްޖެ ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. ފަހު މެޗުގައި ލަންކާއާއި ދެކޮޅަށް ކުޅޭނީ ނިކުންނާނީ 26 ޖެނުއަރީގައެވެ. ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13-25 އަށް ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ބޫޓާން، ޕާކިސްތާން، ބަންގްލަދޭޝް އަދި ނޭޕާލެވެ. ރާއްޖޭގެ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ އާއި ދެކޮޅަށް ކުޅޭނީ ޖެނުއަރީ 13 ގައެވެ. ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ޖެނުއަރީ 15 ގައި ކުޅޭއިރު، ތިންވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅޭނީ 25 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ