ދިރާގުން ޕްރީއޯޑާކުރި ކަސްޓަމަރުންނަށް އައިފޯން 17 ހަވާލުކުރަން ފަށައިފި
ދިރާގު މެދުވެރިކޮށް، އައިފޯން 17 ޕްރީއޯޑާކުރި ކަސްޓަމަރުންނާ ރޭ ފޯނުތައް ހަވާލުކުރަން ފަށައިފިއެވެ. ދިރާގުން އައިފޯނު 17ގެ ފޯނުތައް ހަވާލުކުރަން ފެށީ ރޭ 12:01ގައި ދިރާގުގެ މައި އޮފީހުގައެވެ. އެ ފޯނުތަކާ ހަވާލުވުމަށް ރޭ އެ އޮފީހުގައި ބޮޑު ކިޔޫއެއް ދަމާލާފައި އޮތްއިރު، ޕްރީއޯޑަރަށް ދިރާގުން ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ވިކި ހުސްވިއެވެ. ދިރާގުން ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ އައިފޯނު ހަވާލުކުރުން ---- ފޮޓޯ/ ދިރާގު އެޕަލްއިން ބުނާ ގޮތުގައި، މިއީ އެޕަލް އުފެއްދި އެހެން ފޯނުތަކާ ތަފާތު ވަރަށް ހައިރާން ކުރުވަނިވި ފޯނެކެވެ. އައިފޯން 17ގެ ޖުމުލަ ހަތަރު މޮޑެލެއް ނެރެފައިވާއިރު، މި ފޯނު ފަސް ކުލައިން ވަނީ ނެރެފައެވެ. އެއީ، ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ. ދިރާގުން އައިފޯނު ޕްރީއޯޑަރުކުރި ކަސްޓަމަރުންނާ ހަވާލުކުރުން ---- ފޮޓޯ/ ދިރާގު އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީޒް 17ގެ ފޯނުތަކުގެ އަގު ބޮޑެވެ. ދިރާގުން އައިފޯން 17 ވިއްކާ އަގުތައް: އައިފޯން 17 ޕްރޯ މެކްސް، 256 ޖީބީ - 29،995 ރުފިޔާ އައިފޯން 17 ޕްރޯ މެކްސް، 512 ޖީބީ - 34،995 ރުފިޔާ އައިފޯން 17 ޕްރޯ، 256 ޖީބީ - 27،495 ރުފިޔާ އައިފޯން 17 ޕްރޯ، 512 ޖީބީ - 32،445 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ