ފަލަސްތީނު މީހުންގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް އިސްރާއީލުން ވަގަށް ނަގާފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އިސްރާއީލުން ޢައްޒާގައި ހިންގަމުންގެންދިޔަ ގަތުލު އާއްމު ހުއްޓާލިކަމަށް ބުނެ، އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުގައި ހުރި ފަލަސްތީނު އަސީރު ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއްބަސްވުމެއްގެ ދަށުން އިސްރާއީޅުން ވަނީ އެމީހުްނގެ ބެލުމުގެ ދަށުގައި މޯޗަރީތަކުގައި ބަހައްޓާފައިވާ ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުތައްވެސް ހަވާލުކުރަން ފަށާފައެވެ. މަރުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ހަވާލުކޮށްފައިވާއިރު، މީގެ ތެރޭގައި ކާކުކަން ވަކިނުވާ ހަށިގަނޑުތަކާއި ހަށިގަނޑުގެ ބައެއް ބައިތައް ހިމެނެއެވެ.
ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާއީލް އަލް ތަވާބްތާ ވަނީ، އިސްރާއީލް ސިފައިންނަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފަލަސްތީނުގެ ކަމާބެހޭ އިދާރާއާ ހަވާލުކުރިއިރު، އިންސާނިއްޔަތާ ހިލާފް އެތައް އަމަލުތަކެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން މަރުވި މީހުންގެ ހަށިގަނޑުތައް ހަވާލުކުރިއިރު، އޭގެ ތެރެއިން ގިނަ މީހުންގެ ފުރާނަ ގެއްލިފައިވަނީ ބޮޑެތި އަނިޔާތައް ކޮށްގެންކަން ވަރަށް ސާފްކޮށް އެނގެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަންޖެއްސުމާއި، ކަރަންޓްގައި ޖެއްސުން އަދި ހޫނުފެން އަޅާ ފިއްސާލާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.'
މީގެ އިތުރުންވެސް އިސްމާއީލް ވަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ބައެއް މީހުންގެ ހަށިގަނޑުގެ އެތެރޭގެ މުހިންމު ގުނަވަންތައް ނެތްކަމަށް އޭނާ ބުންޏެވެ. އެގޮތުން ލޮލާއި، ފުރަމޭ ފަދަ ގުނަވަންތައް އޭނާ ފާހަގަކުރިއެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން މަރުވެފައިތިބި މީހުންގެ ހަށިގަނޑުތަކާ ހަވާލުވެ، ހަށިގަނޑުތައް ޓެސްޓްކޮސްފައިވަނީ، ބައިނަލްއަޤްވާމީ ބައެއް އިދާރާތަކުގެ ހާޒިރުގައެވެ.
ހަމާސްއިން އެންމެ ފަހުން ވަނީ އިސްރާއީލްގެ 20 އަސީރަކު އިސްރާއީލާ ހަވާލުކޮށްފައެވެ. އެ އެންމެންގެ ހާލު ރަނގަޅުއިރު، އެމީހުންނަށް އަނިޔާކޮށްފައިވާކަމުގެ އެއްވެސް ހެތްކެއް ހުރިކަމަކަށް އިސްރާއީލަކުން ނުބުނެއެވެ. ނަމަވެސް އަސީރުން ވަރަށްދުރަށް ހިނގަން ޖައްސާފައިވާކަމަށް އެމީހުންގެ އާއިލާތަކުން ވަނީ މީޑިއާތަކާ އެވާހަކަ ހިއްސާކޮށްފައެވެ. އިސްރާއީލްގެ ބައެއް އާއިލާތަކުން ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ހުރި މީހުން ދޫކޮށްލިއިރު ނަފްސާނީގޮތުންވެސް އެއްވެސް މައްސަލައެއް ފެންނަން ނެތްކަމަށް ބުނެފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށްވީ ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން މީރު ކާނާ ނުލިބުންކަމަށް އާއިލާތަކުން ފާހަގަކުރިއެވެ.
ފަލަސްތީނު މީހުންގެ ހަށިގަނޑު އެތެރޭގެ ބައެއް ގުނަވަންތައް ވަގަށް ނެގުމުގެ ތުހުމަތު އިސްރާއީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ