މަޑަގަސްކަރައިގެ އަސްކަރީ ލީޑަރު، އެންމެފަހުން އެޤައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

މަޑަގަސްކަރައިގެ އަސްކަރީ ލީޑަރު ކާނަލް މައިކެލް ރެންޑްރިއަނިރީނާ، އެންމެފަހުން އެޤައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައިފިއެވެ.
މަޑަގަސްކަރައިގެ ޤާނޫނުހަދާ މަޖިލީހުން މިމަހުގެ 14 ވަނަ ދުވަހު ވަނީ ވޯޓެއް ނަގައި އޭރުގެ ރައީސް ރަޖޯއެލީނާ މަޤާމުން ވަކިކޮށްފައެވެ.
އެއަށްފަހު އެޤައުމުގެ އެންމެހާ ކަންކަން ހިންގުމާ ހަވާލުވީ އަސްކަރިއްޔާއިންނެވެ. އަސްކަރީ ލީޑަރު ކާނަލް މައިކެލް ރެންޑްރިއަނިރީނާ ރައީސްކަމުގެ ހުވާ ކުރެއްވިއިރު، އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ފާޅުކަން ބޮޑުގޮތެއްގައި ބައިވެރިވެފައެވެ. މަޤާމުގެ ހުވާކުރެއްވުމަށްފަހު ރެންޑްރިއަނިރީނާ ވިދާޅުވީ ދެން ފެނިގެންދާނީ މަޑަގަސްކަރައިގެ ހަޔާތުން އައު ސަފްހާތަކެއް ކަމަށާއި، އޭނާއަކީ ހުރިހާ ރައްޔިތުންގެ މީހެއްކަމަށެވެ. 
ރައީސް ރަޖޯއެލީނާ މަޤާމުން ދުރުކުރިއިރު، ޤައުމު ދޫކޮށް ވަޑައިގެންނެވިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މަޑަގަސްކަރައިގެ ވެރިކަން ފުރޮޅިފައިމިވަނީ އެޤައުމުގެ ވެރިކަމާ ދެކޮޅަށް ޖެންޒީން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެގެންދިޔަ ފިއްތުންތަކާ ގުޅިގެންނެވެ.  
މަޑަގަސްކަރައިގެ ޖެންޒީން މުޒާހަރާތައް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ މެދުތެރޭހިސާބުގައެވެ. ޖެންޒީން މުޒާހަރާތައް ފަށާފައިވަނީ ސަރުކާރުގެ ވެރިންތެރޭ ކޮރަޕްޝަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުންނެވެ. މުޒާހަރާތަކުގައި މިހާތަަނަށް 50 ހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށް މީޑިއާގެ ބައެއް ރިޕޯޓްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ