50 އެނދު ގާއިމުކުރާ ގޮތަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައި, އަމަލީ މަސައްކަތް ފަށައިފިއެވެ. ހަތަރު ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. ދެ އަހަރާއި ދެ މަހުން ނިންމާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ 185.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގައި 50 އެނދުގެ ހަތަރު ބުރީގެ އާ އިމާރާތެއް އަޅާނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ އިމާރާތުގެ އެއް ފަންގިފިލާގައި ސާވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ. ހެލްތު މިނިސްޓަރު ނާޒިމް، ދިއްދޫގައި ބިނާކުރާ ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމަށް އެ ރަށުގައި -- ފޮޓޯ/ އެމްޓީސީސީ މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގިނަ ޚިދުމަތްތަކެއް ގާއިމްކުރާނެއެވެ. https://sun.mv/211819 މީގެ އިތުރުން މި މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ގާއިމުކުރުން ވެސް ހިމެނެއެވެ. ފާހަގަކުރެވޭ ގޮތުގައި ދިއްދޫގައި 50 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމަށް މިދިޔަ ސަރުކާރުން އިންޑިއާ ކުންފުންޏަކާ 2022ވަނަ އަހަރުގެ މޭ މަހުގެ ފަހުކޮޅު ހަވާލުކުރިއެވެ. އޭގެ ފަހުން ޗައިނާގެ އެހީގައި ހޮސްޕިޓަލު މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށް ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީއާ ދެމެދު 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅު ސޮއިކުރިއެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ