ބ.އޭދަފުށީ ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) 9-4 އިން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ކްލަބް މޯލްޑިވްސް އިން އިންތިޒާމްކުރި ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަހަރު ކްލަބް މޯލްޑިވްސް އިން ކިންގްސް ކަޕް ބޭއްވީ ރިސޯޓް ޗެމްޕިއަން، ޖޯލި މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން، ކްލަބް ވެމްކޯގެ މެދުގައި ކުޅުނު މެޗަކުންނެވެ. ވެމްކޯ އެ މެޗުން މޮޅުވިއިރު، މި ފަހަރުގެ ކިންގްސް ކަޕްގައި ރާއްޖޭގެ އަށް ޗެމްޕިއަނެއް ކުޅުނު ކިންގްސް ކަޕް ތަށި މި ހޯދީ އާރްއާރްސީންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އާރްއާރްސީން ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ނެގި އެވެ. އެ ގޮތުން، ފުރަތަމަ ހާފު ނިންމާލިއިރު، އާރްއާރްސީން އޮތީ ހަތަރު ގޯލު ކުރީގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އިބްރާހިމް އަސްވަދު (ގަބޭ)، އަލީ ޝާމިސް (ތޮއްޕޭ)، އީރާނުގެ މޮހްސެން މޮންތަޒޭމީ އަދި ޝަނާން ރަޝާދު އެވެ.
އާރްއާރްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ސީސީން ކުރިއަށް ޖެހިގެން ކުޅެ، ގާތްގާތުގައި ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އުނައިސް ޒުބެއިރު (އުނޭ) އާއި އަޔާޒް އަހުމަދު އެވެ.
ދެ ވަނަ ހާފުގައި އާރްއާރްސީގެ ލަނޑުތައް ޖެހީ އަހުމަދު އަފްލާޒް ހިލޭ ޖެހުމަކުން ގޯލަކާއި، ޝަނާން ދެ ލަނޑާއި އަބްދުﷲ ޔާމީން (ޔާނު) އައި އިބްރާހިމް ޝަރީފް (އިއްބެ) ވަނީ ގޯލެއް ޖަހައިފަ އެެވެ. ޝަނާން ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. ޝަނާން އަކީ ކިންގްސް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ.
ސީސީގެ ފަހު ދެ ލަނޑަކީ ދުރު ޕެނަލްޓީން މުހައްމަދު ފާސިރު (ފާއްޓޭ) ޖެހި ދެ ގޯލެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، އާރްއާރްސީގެ ގޯލްކީޕަރު، މުހައްމަދު ލުފްޝާން (ޕަފް) އެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ސަލްޓަން" އަކީ އާރްއާރްސީގެ ގަބޭ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އާރްއާރްސީގެ، ގަބޭ، ޝަނާން، ލުފްޝާން، ޖޯލި މޯލްޑިވްސްގެ މުހައްމަދު ޖުމާން އަހުމަދު އަދި ސީސީގެ ފާއްޓޭ އެވެ.
އެންމެ މޮޅު ކޯޗަށް ދޭ މާސްޓާ އޮފް ސަލްޓަންގެ އެވޯޑް ލިބުނީ، އާރްއާރްސީގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) އެވެ.
ސީސީ ބަލިކޮށް އާރްއާރްސީން ކިންގްސް ކަޕް ތަށި އުފުލާލައިފި ސީސީ ބަލިކޮށް އާރްއާރްސީން ކިންގްސް ކަޕް ތަށި އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ