އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އިފްތިތާހުކޮށްފި
އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން މިއަދު ހުޅުވައިފި އެވެ.ގަން އެއާ ސްޓޭޝަންގެ ނަމުން ނަން ދީފައިވާ މި ވައިގެ މަރުކަޒު އިފްތިތާހުކޮށް ދެއްވީ އައްޑޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.ގަން އެއާ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފަ އެެވެ.ރާއްޖޭގައި އަލަށް އަސްކަރީ ވައިގެ މަރުކަޒެއް ގާއިމް ކުރިިއިރު މިދިޔަ އަހަރުގެ މާޗު މަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އުފައްދައިފަ އެވެ. މީގެ ކުރިން އެކި ނަންނަމުގައި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި ނަމަވެސް އޭރު އޮޕަރޭޝަންތަކުގައި ބޮޑަށް ބަރޯސާވީ ބޭރުގެ ގައުމުތަކަށެވެ.ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރެޔާއި ދުވާލު ހުއްޓުމެއްނެތި ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ސިފައިންގެ ޒިންމާ އާއި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް، އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް ރައީސް އަންގަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ