ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާ ފައެވެ.
އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއުއެއް ފެށުމަށް ނިންމުން --
އަދި ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއެއް މާލަހެއް ނުވެ ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫއުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ 19 މަޝްރޫއެއްގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފޭދޫގައި ހިއްކާފަައި އޮތް ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އާއި ފޭދޫގައި 50 ހައުސިން ޔުނިޓު ތަރައްގީކުރުމާއި ފޭދޫގައި އިސްރަށްވެހިންގެ ހިޔާއެއް ގާއިމުކުރުމާއި ނެޓުބޯޅަ ކޯޓެއް ތަރައްގީކުރުމާއި ފަތާ ޓްރެކެއް އެޅުމުގެ މަސައްކަތާއި ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ތަރައްގީކުރުން ހިމެނެ އެވެ.
ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ސޮއިކޮށްފައި --
ހިތަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތާއި ހިތަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތާއި އައްޑޫ ސިޓީގައި 300 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުން ވެސް ހިމެނެ އެވެ.
އަދި އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ވަނީ ފައްޓަވާފަ އެވެ.
ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ސޮއިކޮށްފައި --
އެގޮތުން ސޮއިކުރެއްވި ކޮންމެ މަޝްރޫއަކާއި، އަމަލީ ގޮތުން މަސައްކަތް ފެށުނު ކޮންމެ މަޝްރޫއެއްވެސް ފުރިހަމަކަމާއެކު ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. މިއިން ކޮންމެ މަޝްރޫއަކީވެސް މުހިންމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއުތަކެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ސޮއިކޮށްފައި --
އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަށާޖެހޭ ދާއިމީ ހައްލެއް މިކަމަށް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަގީންކަން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ސޮއިކޮށްފައި --
ދެން އެންމެ ބޮޑުވެފައި އޮތީ އިންފްރާސްޓްރަކްޗާ ނުވަތަ މަގުހެދުމުގެ މައްސަލަކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަށް ހައްލެއް ނުލިބި އޮތުމުގެ ސަބަބުން އިގްތިސާދަށްވެސް ހުރަސްތަކެއް ކުރިމަތިވާ ކަމުގަ އެވެ.
ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ސޮއިކޮށްފައި --
މަގުތައް ހެދުމަކީ ވުނޭރުންނާއި އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާ، ވައުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ. މަގު ހެދުމުގެ މަޝްރޫއު ނިންމަވާނީ، މަރުހަލާތަކަށް ބައިނުކުރައްވައި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއު ހިމެނޭހެން 20 މަޝްރޫއުއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ