ޗާގޮސްގެ މައްސަލަ އާއި ގުޅިގެން އިދިކޮޅުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް ހާޒިރުވާން ބޭނުން ނުވަނީ އޭނާ ހައްޔަރުކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން އިންޓަރވިއުއެއްގައި ގާސިމް ވިދާޅުވީ އިދިކޮޅުގެ ޖަލްސާއަށް ވަޑައިގެން އިންވަނިކޮށް އޭނާ ހައްޔަރުކޮށް ރިޔާސީ އިންތިހާބުގެ ކުރިން ޖަލަށް ލާފާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އިދިކޮޅުން ބާއްވާ ޖަލްސާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ ނަތީޖާއެއް ނެތް އެއްވެސް ކަމެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ
ގާސިމް ވިދާޅުވީ އެމްއެންޕީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އެމްއެންޕީ ހެދުމުގެ ކުރިން އެމީހުންގެ މާޒީ އަށް ބައްލަވާލުން މުހިއްމު ކަމަށެވެ. އެގޮތުން ގާސިމް ވިދާޅުވީ ނާޒިމް އާއި އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީގައި ތިއްބަވާފައި އެބޭފުޅުންގެ އެމްބިޝަން އެއް އޮތުމުން ޕާޓީން އިސްތިއުފާ ދިނުމަށް ފަހު ގޮސް އެބޭފުޅާގެ ގައިގައި ޖަހަން ނުޖެހޭ ކަމަށެވެ.
އިދިކޮޅުން ޗާގޮސްގެ މައްސަލައިގައި މިރޭ ބާއްވާ އެއްވުމަށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގާސިމް ވިދާޅުވީ މިރޭގެ އެއްވުމަށް އޭނާ ވަޑައިގަތުމުން އޭނާއަށް ލަނޑެއް ދިނުމަށް ނިންމަފާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެތަނަށް ގޮސް އަޅުގަނޑު ވަންނައިރު. އެންމެ ގިނަ ވޯޓެއް އަޅުގަނޑަށް ލިބިދާނެ ކަމަށް ގަބޫލުކުރާތީ ކަން ނޭނގެ. ނޫނީވިއްޔާ ދެން އެހެންވެސް ސަބަބެއް އޮތީ ކަމަށް ވެދާނެ. ދެން ކޮންމެ ސަބަބަކާ ހެދި ނަމަވެސް އަޅުގަނޑު އޭގެ ތެރެއިން ފާހަގަކޮށްފައި ބޮނޑިއެއް ލިބެންޏާ ލިބޭނީ އަޅުގަނޑަށް ކަން ގަބޫލުކުރެވޭތިީ އާއި އޭރުން ޕާޓީގެ މީހުންނަށް އުއްމީދުކޮށްގެންތިބި ވަގުތުތައް ދިޔައީ ފެނަށް. އެހެންވީމަ އެމީހުންގެ ހުރިހާ އުއްމީދު ތަކަކަށް ގަނޑުފެން އެޅިގެން އެދިޔައީ.
އިދިކޮޅުން މިރޭ ބާއްވާ ކަނޑު ވިއްކާލި ޖަލްސާއަށް ގާސިމް ނުދާން ނިންމާފައިވަނީ ދެ ސަބަބަކާއި ހުރެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ޖަލްސާއިން ނަތީޖާއެއް ނުނެރެވި އަދި ރިޔާސީ އިންތިހާބުގެ ކުރިން އޭނާ ޖަލަށް ލާ ހައްޔަރު ކުރާނެ ކަމަށް ވިސްނޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މާޒީގައި ކަން ވެފައި އޮތް ގޮތަށް ބަލާފައި މިރޭގެ ޖަލްސާއަށް ދިއުމަށް އޭނާއަށް ނުފެންނަ ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުން އޭނާ އެއްފަރާތަށް ޖެއްސުމަށް ހުރިހާ ސިޔާސީ ލީޑަރުން ބޭނުންވާނެ ކަމަށާއި އެގޮތުން އެބޭފުޅުންގެ ވިސްނުމުގައި ގާސިމް އަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ބޭފުޅެއްގެ އިތުރުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ވެސް ގާސިމް ވެރިކަމަށް ކުރިމަތިލުމަށް ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބެއް ކަމުގައި ގާސިމް ވިދާޅުވީ އޭނާ އަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނަށް ހުރި ނުރައްކަލަކަށް އެމަނިކުފާނު ވާނެ ކަން ގަބޫލުކުރާތީ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ރައްޓެއްސަކު ގުޅުއްވައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ދެބޭފުޅަކު އެމަނިކުފާނު ދުއްވާލައިގެން ނޫނީ މިކަން (ރިޔާސީ އިންތިހާބު ކާމިޔާބުކުރުން) ވާން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އޭނާ ރާއްޖޭގެ ވެރިކަމަށް އައުމަށް އެދޭ އެތައް ބައިވަރު ރައްޔިތުންނެއް ތިބިކަން އެމަނިކުފާނަށް އެނގޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސްކަމުގެ މަގާމުން ވަކި ނުކުރެވޭނެ ކަމަށާޢި އަދި އިޓްލޮސްގެ ނިންމުމަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި އިޓްލޮސްގެ ނިންމުން އަލުން ބެލުމަށް ހަމަޖެހިފައިވާނަމަ އެކަން އެންމެ ލަސްވެގެން 6 މަސްދުވަސްތެރޭގައި ބަލައިދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުމަށް ބޭނުންވާ އެކަކުވެސް ހުރެދާނެ ކަމަށް ގަބޫލުނުކުރަށްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހުރިހާ އެންމެންވެސް ބޭނުންވާނީ އޭނާ އެއްފަރާތަށް ޖައްސަން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެއްފަރާތަށް ޖައްސަން ބޭނުންވާ ސަބަބު އެމަނިކުފާނު ހާމަ ނުކުރި ނަމަވެސް ރައްޔިތުންނަށް އެނގޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އިދިކޮޅުން ބާއްވާ ޖަލްސާއަށް ދާން ބޭނުން ނުވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެތީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ