ހަލިމަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ރައްޔިތެއްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:12 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ.
މިއެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރޭގެ އެކްސިޑެންޓްގައި ނިޔާވީ އިންޑިއާގެ ރައްޔިތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ