ފޯމުތަކުގެ ސައްހަކަން ޔަގީން ނުވާ ބަޔަކަށް ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓޭތަ؟: އާދަމް ޝަރީފް

އިލެކްޝަންސް ކޮމިޝަނުން، ވަގު ފޯރމުތައް ދެނެގަންނާނެ ނިޒާމެއް ގާއިމުކޮށްފައިނުވަނީ، ނާޖާއިޒް ފައިދާތަކެއް ނެގުމަށްކަމަށް ބުނެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ ލިސްޓެއް އާންމުކޮށް، އޮޅުވާލައިގެން ޕާޓިއެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، ވަގަށް ޕާޓިތަކަށް މެމްބަރުން އިތުރު ކުރުމަށް ހުށައަޅާ ފޯރުމުތައް ފާހަގަކުރެވޭނެ ނިޒާމެއް އެ ކޮމިޝަނުގައި ނެތްކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޕާޓީތަކަށް ވައްދާ މެމްބަރުންގެ ސައްހަކަން ކަށަވަރު ނުކުރެވޭ އިރު، އިލެކްޝަންސް ކޮމިޝަނަށް ޕާޓިތަކުގެ ދަފްތަރެއްވެސް ނުބެލެހެއްޓޭނަކަމަށެވެ. އަދި އެފަދަ ގާބިލުކަމެއް ކޮމިޝަނުގައި ނެތްކަމަށާއި، އެތައް ދުވަހެއް ކުރިން އުފައްދާފައިވާ ވުޒާރާއަކަށް އެފަދަ ގާބިލުކަމެއް ހޯދިފައިނުވަނީ، ނާޖާއިޒު ފައިދާތަކެއް ނެގުމަަށް ކަމަށް ބުނުމުގެ ފުރުސަތު އޮތްކަމަށެވެ.
Vagah meehun vadhdhan hushahalhaa forms dheneganeveyne qaabilukan neiyiru, party thakuge dhafutharu belehettumuge qaabilukan EC gai hunnaanetha? Mihaadhuvas veeiruves eqaabilukan ufadhdhaafai nuvanee naajaaizu faidhaa hoadhan kamh bunumuge furusathu bodu.https://t.co/3vjbCLjEFB
— Adam Shareef Umar (@Adamshareefz) September 7, 2022
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާގޮތުން، ޕާޓީއެއްގެ ދަފްތަރުގައި އޮޅުވާލައިގެން ނަން ހިމަނާފައިވާނަމަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 15:00 އާއި ހަމައަށް އެ ކޮމިޝަނުންވަނީ މައްސަލަ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ