ގައްބަރޭ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައާ ގުޅީގެން ޕީޖީން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ 6 ޖުލައި 2023 ގައި އިބްރާހިމް އަބްދުﷲ ކިޔާ މީހަކު ބަންދުން ދޫކޮށްލި މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ.
މި މައްސަލައިގައި ގައްބަރޭ ހައްޔަރުކޮށްފައިވަނީ، ފުލުހުން އޭނާ ހޯދަން އިއުލާނުކުރިތާ ހަފްތާއެއްފަހުން އޭނާ އަމިއްލަޔަށް ފުލުހަށް ހާޒިރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ