ޕީއެންސީ އިންތިހާބުގެ ހަމަނުޖެހުން: ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފި

ވެރިކަން ކުރާ ޕީއެންސީ އިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. 
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
އެ މާރާމާރީގެ ތެރެއިން ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅައި، ސްކޫލުގެ ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުންދިނެވެ. 
އެ މާރާމާރީގައި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ގެ ދަރިކަލުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ މުވައްޒަފުން އެ މާރާމާރީގައި ބައިވެރިވި އެވެ. 
ރޭގެ މާރާމާރީގެ ތެރެއިން ކާމިލު ދީދީ ސްކޫލުގައި ހަރަކާތްތެރިވި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ވަނީ ޕެނިކް އެޓޭކެއް ޖެހިފަ އެވެ. އަދި ވަރަށް ގިނަ އެހެން މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. 
ރޭގެ މާރާމާރީގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ގަޔަށް އަތްލައި، ފުލުހުން ކޮށްޕައި، އަމުރަށް ނުކިޔަންތެރިވެ، ވާޖިބު އަދާކުރަން ހުރަސްއަޅައިފަ އެވެ. އެ މަންޒަރު ފެންނަ ކިތަންމެ ވީޑިއޯއެއް މިވަގުތު ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. 
މާރާމާރީ ހިންގީ މެންބަރު ހުސެއިންބެ ފޮނުވި ގްރޫޕަކުން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރެ އެވެ. އެކަމަކު ހުސެއިންބެ އެކަމަށް އިންކާރު ކުރެ އެވެ. 
"ޒާތީނުވޭ. އަޅުގަނޑަކީ ކާކުކަން ދަންނަ އެއްވެސް މީހަކު އަޅުގަނޑަކީ ގޭންގު ގުރޫޕް ގެންގުޅޭމީހެކޭ، އަދި ގޭންގު ގުރޫޕަށް ނިސްބަތްވާމީހެކޭ ނުބުނާނެ. އެސްއެމް [ސޯޝަލް މީޑިއާ] ގައި، އެމީހަކަށް ބޭނުން އެއްޗެއް ލިޔެވިދާނެ،" ހުސެންބެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ