މަތީ ދަރަޖަ ހޯދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް 57 ފޯމު ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުޠު ހަމަވޭތޯ ބެއްލެވުމާއި، ފޯމުތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.
އެ އޮފީހުން އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުޠު ހަމަވޭތޯ ބެއްލެވުމާއި، ފޯމުތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް އެކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށާއި ޚާއްޞަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ގިންތިއަކުން ކަމަށެވެ. އަދި ޚާއްޞަ އިނާމަށް މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައިވަނީ މިދެންނެވި 4 ގިންތީގެ ތެރެއިން 3 ގިންތިއަށް ކަމަށް ވެސް ބުނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް 57 ފޯމު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ