ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް ދެވޭނެ މަޢުލޫމާތު ފުލުހުންނަށް ދީފި

ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުމުން ރައްކާތެރިވެ ތިބުމަށާއި ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގައި ދެވިދާނެ މުހިއްމު މަޢުލޫމާތު ފުލުހުންނާ ޙިއްސާކޮށްފިއެވެ
ފުލުހުން ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެޑިކަލް ޑިޕާޓްމަންޓާއި ޕޮލިސް ފެމިލީ އެސޯސިއޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމުގެ ދަށުން އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ފުލުހުންނަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޑޮކްޓަރ އަހްމަދު މުޙައްމަދު ސަޢީދު އެވެ
މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ޑެންގީ ހުމުން ރައްކާތެރި ވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބަލި ޖެހިފައިވާ މީހުން ދެނެގަންނާނެ ގޮތާއި ޑެންގީގެ ޢަލާމާތްތަކުގެ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން ގެންގީ ހުންޖެހިއްޖެނަމަ ރައްކާތެރި ވުމަށް އަޅަންޖެހޭ ކުރެވޭނެ ކަންތައްތަކާ ރައްޔިތުންނަށް ދެވިދާނެ މުހިއްމު މަޢުލޫމާތުވެސް މިބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ގިނަ ޢަދަދެއްގެ ފުލުހުންނާ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މިބައްޔާ ބަލީގެ ފަރުވާ އާއި ބަލިޖެހުމުން ކަންކުރަންވީ ގޮތްތަކާ ބެހޭގޮތުން ކުރަމުންދިޔަ ސުވާލުތަކަށް ޑޮކްޓަރ އަޙްމަދު މުޙައްމަދު ސަޢީދު ޖަވާބު ދެއްވިއެވެ.
މިބައްދަލުވުމުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޗެއަރޕާސަން އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީ އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓުގެ އިސްވެރިންނާ މވައްޒަފުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ