މިނިވަން ރިޔާސީ އިންތިހާބެއްގެ ފުރުސަތު ވަރަށް ތަނަވަސް: އިލެކްޝަންސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދަނިކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ވަރަށް ތަނަވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު އަޙްމަދު އަލި މަނިކު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ވަރަށް ތަފާތުވާނެ ކަމަށާއި 2008 ގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ލިބުނީ މަދު ދުވަސްކޮޅެއް ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ލިބިފައިވާ ކަމަށެވެ.
"އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އޭގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން މިހާރުވެސް ދޭތެރެ ދޭތެރެއިން ބާއްވަމުން އަންނަ ބައި އިލެކްޝަންތަކުން ލިބޭ ފިލާވަޅުތަކަށް ބަލާ ކުރިއަށް އޮތް އިންތިޚާބަށް ގިނަ މައްސަލަތަކަށް ކޮމިޝަނުން ހައްލު ހޯދާނެ، އެހެންކަމުން އެކަށީގެންވާ މުއްދަތެއް ލިބިގެން މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ،" މަނިކު ވިދާޅުވި އެވެ. "ކުރީގެ އިންތިޚާބުތަކުގައި ވެސް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ ވޯޓްލެވޭ މީހުންގެ ރަޖިސްޓްރީގެ މައްސަލަ. އެ މައްސަލައަށް ހައްލެއް ހޯދުމަށް މިފަހަރު ދުރާލާ ފިޔަވަޅު އަޅާނެ،"
މަނިކު ވިދާޅުވީ މާޗްމަހުގެ ތެރޭގައި ވޯޓްލެވޭ މީހުންގެ ރަޖިސްޓްރީ ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރާނެކަމަށް ނަޝީދުގެ ޕާޓީން ބުނަމުންދާތީ ވަކި ސިޔާސީ ޕާޓީއަކުން އިންތިޚާބު ބޮއިކޮޓްކޮށްފިނަމަ އިންތިޚާބު އިންސާފްވެރިވާނެތޯ ވީ ނިއުސްއިން ދެންނެވުން އެ ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު ފަޔާޒް ހަސަން ވިދާޅުވީ ބަޔަކު ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
"ބައެއް ޤައުމުތަކުގައި ޢަމަލްކުރަމުންދާ ގޮތަށް މިފަހަރު އިންތިޚާބު ވަކި ބަޔަކު ބޮއިކޮޓް ކުރުމަކީ އިތުރު ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވާންޖެހޭ ސަބަބެއް ކަމަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.
އުމުރާއަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނަގާފައިވާ އެސްބީޓީ ހައްޖު އެންޑް އުމުރާ ކުންފުނިން ސްރީލަންކަން އެއާލައިނުން ޓިކެޓް ނެގުމަށް ދޫކުރި ދެ ޗެކެއް ބައުންސްވެއްޖެއެވެ.
މިކަން އިސްލާމިކް މިނިސްޓްރީން ވަނީ ވީނިއުސްއަށް ޔަޤީންކޮށްދެއްވާފައެވެ.
އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ދީދީ ވިދާޅުވީ އެސްބީޓީގެ އެހީގައި އުމުރާއަށް ދިއުމަށް ފައިސާ ދެއްކި މީހުން އުމުރާއަށް ގެންދިއުމަށްޓަކައި އެކުންފުނިން ސްރީލަންކަން އެއާލައިނުން ޓިކެޓު ގަތުމަށް ދެ ފަހަރެއްގެ މަތިން ދެ ޗެކެއް އެއާލައިނަށް ފޮނުވި ނަމަވެސް ދެ ޗެކްވެސް ބައުންސްވެފައިވާ ކަމަށެވެ.
ދީދީ ވިދާޅުވީ ސްރީލަންކަން އެއާލައިނުން މިނިސްޓްރީއަށް ފޮނުވާފައިވާ އީމެއިލްއެއްގައި އެސްބީޓީގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދު މިދިޔަ ހަފުތާގައި 208،368 ރުފިޔާގެ ޗެކަކާއި 70،100 ރުފިޔާގެ ޗެކެއް އެއާލައިނަށް ދީފައިވާ ކަމަށް ބުނެފައިވާއިރު، އެދެޗެކް ބައުންސްވިކަން އެއާލައިނަށް ބެންކުން އަންގާފައިވާ ކަމަށެވެ.
ދީދީ ވިދާޅުވީ އެސްބީޓީގެ މައްސަލަ އެއްވެސް ފަރާތަކުން އެމިނިސްޓްރީއަށް އަދިވެސް ހުށަހަޅާފައި ނުވާ ކަމަށާ، ނަމަވެސް އެސްބީޓީގެ އެހީގައި އުމުރާއަށް ދާން މަސައްކަތް ކުރާ 35 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ސްރީލަންކަން އެއާލައިން މެދުވެރިކޮށް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
ދީދީ ވިދާޅުވީ މީގެ ކުރީގެ އަހަރެއްގައި އެސްބީޓީން މީހުން ހައްޖަށް ގެންދިޔައިރުވެސް ފައިސާގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާ، އެފަހަރު ދިމާވި ފައިސާގެ މައްސަލަ ހައްލުކޮށްދެއްވީ އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން މިނިސްޓްރީން ކޮންމެވެސް ވަރަކަށް ފައިސާ ހޭދަކޮށްގެން ކަމަށެވެ.
އެސްބީޓީން މިއަހަރުވެސް މީހުން ހައްޖަށް ގެންދިއުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާ، ނަމަވެސް އެކުންފުނީގެ ފައިސާގެ މައްސަލަތަކެއް ދިމާވެފައިވާތީ މިނިސްޓްރީން ސީރިއަސްކޮށް އެސްބީޓީއާއި ދޭތެރޭ ވިސްނާނެ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދީނީ އަޅުކަން އަދާކުރުމަށް ކުންފުނިތަކަށް ފައިސާ ދައްކާއިރު ރައްޔިތުންވެސް އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އެސްބީޓީއަކީ މިދިޔަ އަހަރުވެސް މީހުން ހައްޖަށް ގެންގޮސް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏެކެވެ. ނަމަވެސް ޝަރުތު ހަމަނުވާތީ އެކުންފުނީގެ ޕްރޮޕޯސަލް ބާތިލްކުރުމުން އެސްބީޓީން ވަނީ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަ ނިމުނީ މިނިސްޓްރީ ކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ