މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކޮށް ދައުވާ އުފުލި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

15:20މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރެއިން ފުރަތަމަ މީހާ ކަމަށް ބުނެ ފުލުހުން ދައުވާކުރި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖިނާއީ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށް ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރި ހ. ރެހި ހުސެއިން މުހައްމަދުގެ މައްޗަށް ޖިނާއީ ކޯޓުގައި ޝަރީއަތް ހިންގުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އެ ކޯޓުން މިއަދު  ހުކުމު ކުރައްވަމުން ގާޒީ ވިދާޅުވީ، މި މައްސަލަ ދިރާސާ ކުރެއްވި އިރު ދައުލަތުން ހުށަހެޅި ހެކީގައި ސުބުހާ ނުވަތަ ޝައްކު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.ހުސައިން މުހައްމަދު މަނިކު ހައްޔަރުކޮށް ތަހުގީގު ކުރުމަށް ފަހު އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގައި ބައިވެރިވުމާއި ވިޔާފާރި ކުރުމަށް އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުން ކުރެވިދާނެ މަސްތުވާއެއްޗެއް އެތެރެ ކުރުމުގައި ބައިވެރިވުމާއި އަތުގައި ބެހެއްޓުމުގެ ތުހުމަތުގަ އެވެ.މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ތުހުމަތުކޮށް ދައުވާ ކުރި، ހ. ރީދޫގޭ އާދަމް ނަސީރު އަބޫބަކުރު ވެސް ވަނީ ކުށް ސާބިތުނުވެ، މިނިވަންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ