ރައްޔިތުންގެ މަޖިލީހުގެ މާފައްނު ހުޅަނގު ދާއިރާގެ މެމްބަރު އަދި ސަރުކާރު އިއްތިހާދުގައި ހިމެނޭ ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމްގެ ބޭބެ އަބްދުލް ވައްހާބު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމަށް ހަމަޖައްސައިފިއެވެ.                        
ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާގޮތުން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާ ހަމައަށް ވައްހާބު ހުންނެވީ ޔޫތް މިނިސްޓަރުގެ ނާއިބު ކަމުގެ މަގާމުގައެވެ. މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެމްޕީއެލުގެ މަގާމެއްގަ އެވެ. ޔޫތް މިނިސްޓަރުގެ ނާއިބުކަމުގެ މަގާމަށް ވައްހާބު އައްޔަނު ކުރެއްވީ އަބުދުﷲ އަބުދުލް ރަހީމް އެމްޑީޕީއަށް ސޮއިކުރެއްވި ފަހުންނެ އެވެ.
އަބްދުﷲ އަބުދުއްރަހީމުގެ ބޭބެ ވައްހާބުގެ އިތުރުން ތިން ބޭފުޅަކަށް ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ކަމުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އެ މަގާމަށް ބަދަލުކުރެއްވީ އިބްރާހިމް ރަޝީދު އަލީ (ފަލްސާ ރަޝީދު) އާއި އާއިޝަތު ޝިމްލާ އާއި އާއިޝަތު ނިޝާ އެވެ. މައުލޫމާތު ލިބިފައިވާގޮތުން އެ ތިން ބޭފުޅުންނަކީ ވެސް އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.
    
    އަބްދުﷲ އަބްދުއްރަހީމްގެ ބޭބެއަށް އެމްޕީއެލްގެ އެސިސްޓަންޓް ޖެނަރަލް މެނޭޖަރުކަން ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            