މިސްކިތްތައް ސިޔާސީ ކަންކަމަށް ބޭނުންކުރާ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ: އުމަރު

މިސްކިތްތަކާއި އެ ތަންތަނުގެ ވަށައިގެންވާ ނަމާދުކުރާ ސަރަހައްދު ސިޔާސީ ކަންކަމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ހަރަކާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. Mosques & its surrounding prayer areas must not be used to make political statements. Police must take action against this. — Umar Naseer (@UmarNaseerPPM) March 20, 2015 އުމަރުގެ ޓްވީޓް އުމަރު މި ގޮތަށް ވިދާޅުވީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި އެމްޑީޕީ ސަޕޯޓަރުން ދުއާކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ނަޝީދުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި އެމްޑީޕީ ސަޕޯޓަރުން މިއަދު ދުއާކުރަނީ.--ފޮޓޯ: އެމްޑީޕީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ މައި ސިޑި މަތިން ފެށިގެން ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. ނަޝީދުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި އެމްޑީޕީ ސަޕޯޓަރުން މިއަދު ދުއާކުރަނީ.--ފޮޓޯ: އެމްޑީޕީ ޓެރަރިޒަމްގެ ކުށުގައި ނަޝީދު 13 އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމްޑީޕީން އަންނަނީ އިހުތިޖާޖުގެ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ