އެމްޑީޕީން މިއަދު ހަވީރު ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

މަުހައްމަދު ފަޒީން
މިދިޔަ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިން ތަކެއް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ބުނެ، އެ ވިޔަފާރިތަކާ ދެކޮޅަށް އެމްޑީޕީ އާއި އެޕާޓީއަށް ތާއީދު ކުރާ ވަރަށް ގިނަ މީހުން ބައިވެރިވެ މާލޭގެ ބައެއް މަގުތަކުގައި އަޑު އުފުލައިފިއެވެ.
މިއަދު ހަވީރު ބޭއްވި މިހިނގާލުމުމުގައި މިހާރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ގޭ ކައިރީ އަޑު އަފުލާފައިވާއިރު މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެއެވެ.
ލޮނުޒިޔާރަތް ކޮޅުން ހަވީރު 4:30 ހާއެހާކަންހާއިރު ފެށި މި މުޒާހަރާގައި އެމްޑީޕީގެ ޤައުމީ މަޖްލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ