އާޒިމާއި ނާޝިޒަށް ޖަލްސާތަކުގައި ބައިވެރިވެވޭނެކަމަށް ސުޕްރިމް ކޯޓުން ކަނޑައަޅައިފި

މެމްބަރު ކަމުގެ ގޮނޑި ހުސްވެއްޖެކަން ސްޕްރީމު ކޯޓުން ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް ސްޕްރީމު ކޯޓުން ކަނޑައަޅައިފިއެވެ.
ސްޕްރީމު ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ މަޖިލީހުގެ ބައެއް މެމްބަރުންނަކީ ސާބިތު ދަރަނި ނުދައްކާ ފަރާތްތައް ކަމަށާއި ބައެއް ފަރާތްތަކުގެ މައްޗަށް ޖިނާއީ މައްސަލަތައް ތުހުމަތު ކުރެވޭތީ އެބޭފުޅުން ތިއްބަވައިގެން ނިންމަވާ ނިންމެވުންތަކުގެ ސައްހަކަމާއި މެދު ސުވާލު އުފައްދާ ކޮށްފައިވާ ދައުވާއާއި ގުޅިގެންނެވެ. ދައުވާގައި އެދިފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ ނުދައްކާ ކަމަށް ކޯޓުން ހުކުމްކޮށްފައިވާތީއާއި ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވިފައިވާތީ އެފަދަ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އާޒިމާއި ނާޝިޒުގެ އިތުރުން ހޮނޑައިދޫގައި ބަނގުރާ ހިއްޕެވި ކަމުގެ ތުހުމަތު ކާށިދޫ ދައިރާގެ މެމްބަރު އަބުދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރުގެ މައްޗަށް ކޮށް އެމައްސަލަ ތަހުގީގު ކުރަމުންދާތީ އެދެބޭފުޅުންނަށް ވެސް ކޮމިޓީތަކަށާއި ޖަލްސާތަކަށް ވަޑައި ނުގެންނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.
ސްޕްރީމު ކޯޓުގެ މިނިންމުމައި އެކު އާޒިމާއި ނާޝިޒު އަދި ޖާބިރާއި ހާމިދު ބައިވެރިވެވަޑައިގަންނަވާ ކޮމިޓީގެ ބައްދަލުވުންތަކައި ޖަލްސާތަކުގެ ހައިސިއްޔަތާ މެދު ވެސް ސުވާލެއް ނުއުފެއްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ