ގާޒީ ބަދަލުކޮށް، އަރުހަމްގެ މަރުގެ މައްސަލާގައި ހިމެނޭ އާތިފް ދޫކޮށްލައިފި

ހއ.ހޯރަފުށީ ނޫރީގެ މުހައްމަދު އަރްހަމް މަރާލި މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މއ.ސީނަރީވިއު އާތިފް ރަޝީދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ލޮރެންޒޯ ޕާކު ތެރޭގައި 2012 ވަނަ އަހަރު އަރްހަމް މަރާލި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވީ ގާޒީ މުހްތާޒް ފަހުމީ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި އާތިފް ދޫކޮށްލާފައި މި ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައި ވަނިކޮށެވެ. މައްސަލަ ނިމުމަކާ ހިސާބަށް ގޮސްފައި ވަނިކޮށް މިހާރު މައްސަލަ ހަވާލުކޮށްފައި ވަނީ ގާޒީ އަބްދުﷲ ދީދީއާ އެވެ. ގާޒީ ބަދަލުކޮށްފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަރުހަމްގެ މަރު މޭ 30، 2012: މައުހަދުގެ ގޯޅިގަނޑުގައި އޮންނަ ޕާކެއްގެ ތެރޭގައި އަރުހަމް މަރާލިމަރާލި އިރު އުމުރުން 16، ކިޔަވަމުން ދިޔައީ ދަރުމަވަންތަ ސްކޫލްގެ 9 ގައިހޯރަފުށީ އާއިލާއެއްގައި ހިމެނޭ ތިން ބެއިންގެ ތެރެއިން ހަމައެކަނި ފިރިހެން ކުއްޖާ ދައުވާ އުފުލާފައިވާ ހަތަރު މީހުން މުހައްމަދު ސުފްޔާން، ގުންޒަރު، ގދ. ގައްދޫމުހައްމަދު ވިސާމް، އެވަބުލޫގެ، ލ. މާވަށުމަންސޫރު ޔޫސުފް، އަސަރީގެ، ލ. މާވަށުއާތިފު ރަޝީދު، މއ. ސީނަރީވިއު "ހަވީރަށް" އެނގިފައިވާ ގޮތުގައި އާތިފް މިއަދު ދޫކޮށްލީ ޝަރީއަތުގެ އަޑުއެހުމެއް ވެސް ބޭއްވުމަށް ފަހު އެވެ. ކޯޓުން ބުނީ އޭނާ ދޫކޮށްލަން ނިންމީ އެގޮތަށް ގާޒީ އަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ދަރުމަވަންތަ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އަރުހަމްގެ މަރުގެ މައްސަލާގައި އާތިިފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ