ރ. މީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްފިއެވެ.
މި ޖަނަރޭޓަރު މީދޫއަށް ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރ. މީދޫގައި ފެނަކައިން ހިންގަމުން އަންނަ އިންޖީނުގޭގައި މިހާރު ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަނީ 500 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި 350 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.
މިއަދު މީދޫއަށް މި ގެނައި 600 ކިލޯވޯޓުގެ ޖަނަރޭޓަރާއެކު ރ. މީދޫއަށް ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ރ. މީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ