ކޯޓުން ކުރާ ހުކުމްތައް އެއްޕްލެޓްފޯމަކުން ފެންނާނެ ގޮތް ހަދައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތަށް " ލޯ ރިޕޯޓްސް ޑޭޓާބޭސް" ނަމަުގައި ވެބްސައިޓެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ތަޢާރަފްކޮށްފިއެވެ.
ޑީޖޭއޭގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޤަރާރުތަކާއި އުޞޫލުތަކާއި ޝަރުޢީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެކެވެ. އެގޮތުން މި ޑޭޓާބޭހުގައި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނެ ކަމަށް ޑީޖޭއޭގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ލޯ ރިޕޯޓް ޑޭޓާ ބެހޭ ގުޅޭ ގޮތުން ޑީޖޭއޭގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ޑޭޓާބޭހުގައި ޤާނޫނުތައް އެއްތަންކޮށްފައިވަނީ ގިންތިކޮށްގެންނެވެ. އެގޮތުން ކޮންމެ ގިންތިއެއްގައިވެސް އެ ގިންތިއެއްގައި ހިމެނޭ ޤާނޫނުތައް ލިސްޓްކޮށްފައިވާނެ ކަމަށާއި ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙެއް އައިސްފައިވާކަން، ފެންނާނެ ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ،
މި ޑޭޓާބޭހުގެ ލޯ ރިޕޯޓިންގ ސްކްރީންތައް ބަހާލަފައިވަނީ ފަސް ބަޔަކަށެވެ. އެއީ ޤާނޫނު، ޤަވާއިދު، އުސޫލު، ޤަރާރު އަދި ޝަރުޢީ ހުކުމެވެ. ކޮންމެ ސްކްރީނެއްވެސް ފަރުމާ ކުރެވިފައިވާނީ އެ ސްކްރީނެއްގައި ހިމެނޭ ގިންތިއެއްގައި އެކުލެވޭ ބައިތައް ފިލްޓަރ ކުރެއްވޭ ގޮތަށް، އަދި އިތުރު ސްކްރީނަކަށް ނުގޮސް ޕީޑީއެފް ބައްލަވާ ލެއްވޭ ގޮތަށެވެ. ބޭނުންފުޅު ނަމަ ޕީޑީއެފް ޑައުންލޯޑު ވެސް ކުރެއްވިދާނެއެވެ. އަދި އިސްލާޙުތަކާއި އެއަށް ޙަވާލާދީ ކޮށްފައިވާ ޝަރުޢީ ޙުކުމްތައްވެސް އިތުރު ސްކްރީނަކަށް ނުގޮސް ބަލާލެވޭނެ އެވެ.
ޑީޖޭއޭގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިއީ، މޯލްޑިވްސް ލޯ ރިޕޯޓް ޑޭޓާބޭހުގެ ބީޓާ ވާޜަނާއެކު 3 ވަނަ ވާޝަންއެބެ.. މި ޑޭޓާބޭހަކީ ހަފްތާއަކު ކޮންމެ މަސައްކަތު ދުވަހަކު، އެދުވަހަކަށް ލިބޭ މައުލޫމާތުގެ އަލީގައި އަޕްޑޭޓް ކުރެވެމުންދާނެ ޑޭޓާބޭހެކެވެ. މި ޑޭޓާބޭސް ޑިވެލޮޕްކޮށް ބަލަހައްޓަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ