އިންޑޮނީޝިއާގެ ބާލީގައި ބޭއްވި ތިމާވެށީގެ ސަމިޓެއްގައި ތަގުރީގު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެ ވަޑައިގެން ނުސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ މިބައްދަލުވުމުގައި އެމަނިކުފާނު ތަގުރީރު ކުރެއްވީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ކަަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ފާހަގަކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
އިންޑޮނީޝިއާގެ ބާލީގައި ބޭއްވި ސްޓޫޑެންޓްޝިޕް އެނާޖީ ސަމިޓް މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު 101 ގައުމަކުން ގާތްގަނޑަކަށް 900 ޒުވާނުންނާ ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ތަގުރީރު ކުރެއްވި ސަމިޓު ވަރަށް ކާމިޔާބު ކަމަށާއި ހަކަތަ އުފެއްފުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މި ސަމިޓުގައި މަޝްވަރާކުރެވުނު ކަމަށެވެ.
ބާލީ ސަމިޓްގައި ތަގުރީރު ކުރެއްވުމަށްފަހު މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ