އަންހެނަކު ރަޖަމްކުރުމަށް ގއ. ގެނަމަފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން އަންހެން މީހާ ރަޖަމް ކުރަން ހުކުމްކުރީ ދައުލަތުން އޭނާގެ މައްޗަށް ޒިނޭ ކުރުމުގެ ދައުވާ އުފުލުމުން އެ ދައުވާއަށް އަންހެން މީހާ އިއުތިރާފްވުމުންނެވެ.
ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން އަންހެނަކު ރަޖަމް ކުރަން ހުކުމް ކުރި ނަމަވެސް މި ހުކުމްގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގެމަނަފުށީގައި އަންހެނަކު ރަޖަމް ކުރަން ހުކުމް ކުރި ކަމަށް ޕީޖީ އޮފީހުން ވެސް ޔަގީންކޮށްދެ އެވެ. ނަމަވެސް ޕީޖީ އޮފީހުން މި ހުކްމާއި މެދު ދެކޭގޮތް ތަފާތެވެ.
އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޒިނޭގެ މި މައްސަލާގައި އާ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ ރަޖަމް ކުރަން ހުކުމް ނުކުރެވޭނެ ކަމަށެވެ.
ބަދު އަހުލާގީ އަމަލު ހިންގުމާއި ޒިނޭގެ މައްސަލަތަކުގައި ރާއްޖޭގައި އާންމުކޮށް ހުކުމްކުރަނީ ހައްދު ޖެހުމަށެވެ. މިއީ މިފަަދަ މައްސަލައެއްގައި މިފަހަކަށް އައިސް ރާއްޖޭގައި މީހަކު ރަޖަމްކުރުމަށް ހުކުމްކުރި ފުރަތަމަ ފަހަރެވެ.
އަންހެނަކު ރަޖަމްކުރަން ގެނަމަފުށި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ