ކުރިޔަށް އޮތް 2017 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށައި ފުލުހުން ތިބޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެެއެވެ.
ދ. މީދޫގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ފުލުހުންގެ މަރުކަޒު މީދޫގައި ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ފުލުހުން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނިގެން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެކަމަށް ރައީސުލް ޖުމުހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މި އަމާޒަށް ވާޞިލްވުމަށްޓަކައި މިއަހަރު ތެރޭގައިވެސް ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ފެއްްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ޖޫންމަހުގެ ތެރޭގައި އިތުރު 20 ރަށުގައި ފުލުހުންގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ނިމިފައިވާކަން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާކުރާއިރު ރާއްޖޭގެ ވެށި އަމާން ކުރުމަށްވެސް ފުލުހުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މީގެ ދެތިން އަހަރު ކުރިން އޮތްް ނުރައްކާތެރި މާރާމާރީ ތަކާއި ތޫނު ހަތިޔާރުން ބިރުދެއްކުން ހުއްޓުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަންފަށާފައިވާކަމަށާ ރޭވިގެން ހިނގާބޮޑެތި ކުށްތައް ހުއްޓުވައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ހެޔޮ ބަދަލު ފެނިގެންދާއިރު އެކަމާ ބޮޑާވެ، ފުލުހުންނާއި ސަރުކާރު މިތިބެނީ ހިތްހަމެޖި ފަސްޖެހިގެން ނޫން ކަމަށާއި މި ގަމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލަށް ގެންނަންޖެހޭ ގާނޫނުތައް ގެނެސްގެންވެސް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެމަސައްކަތްް ފުރިހަމަ ކުރުމުގައި ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތަަވާ ލައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު މުޅި ރާއްޖޭގައި ކުށުގެ ބިރުވެރިކަން ކުޑަކޮށް، އަމާންކަން ގާއިމް ކުރުމަށް ފުލުހުންް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާވާ ކަމަށެވެ.
އަމާޒަކީ އަންނަ އަހަރު ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ