ތަކެތިގަނެ މަސައްކަތް ހަވާލު ކުރުވުމުގައި ޑިސާސްޓާ މެނޭޖްމަންޓުން ކޮރަޕްޝަން ހިންގާފައެއް ނުވޭ: އޭސީސީ

ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ތަކެތި ގަތުމުގަ އާއި މަސައްކަތް ހަވާލު ކުރުވުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ބެލިއިރު ލިޔުންތަކުން އެނގޭ ގޮތުގައި އިދާރީ ބޭނުމަށް ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ހިދުމަތެއް ފިޔަވައި ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ހިދުމަތްތަކަކީ ޑިސާސްޓާ މެނޭޖްމަންޓުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ވެރިއަކު ހުއްދަ ދީގެން ކޮށްފައިވާ ކަންތައް ނޫންކަން އެނގޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ޑިސާސްޓާ މެނޭޖްމަންޓުން ގަނެފައިވާ ގިނަ ތަކެއްޗާއި ހޯދާފައިވާ ގިނަ ހިދުމަތްތަކަކީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވި ހިދުމަތްތަކާއި ތަކެތިކަން އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ލިބިދާނެ ގެއްލުމެއް ކުޑަ ކުރުމުގެ ގޮތުން އަވަހަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށް ހަމައެކަނި މަޝްވަރާކޮށްގެން އެކަމެއް ކުރުމުގެ ފުރުސަތު މާލިއްޔަތުގެ ގަވާއިދުން ދީފައިވާ ކަމަށެވެ.
"އެހެންކަމުން މިކަމުގައި ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިއަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާފައިވާ ކަމަށް ނުބެލެވޭ،" އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ