މިއީ އުނދަގޫ ވަގުތުކޮޅެއް – މައުމޫން

މިއީ އުނދަގޫ ވަގުތޮޅެއް ކަމަށާއި ނަމަވެސް މިއުނދަގޫ ވަގުތުތަކުގައި ވެސް އެމަނިކުފާނަށް ލިބެމުންދާ ސަޕޯޓަށާއި ހެޔޮ އެދުމުގެ މެސެޖްތަކަށް ޝުކުރު ދަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމާއި ދަރިކަލުން ފާރިސް މައުމޫނަށް ފިޔަވަޅު އަޅަން އުޅުމުން ޕާޓީގެ ކޮމެޓީތައް ބޭއްވުން ހުއްޓުވުމުގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވެފައިވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި މިއީ އުނދަގޫ ވަގުތުކޮޅެއް ކަމަށް ވިދާޅުވުމުގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނަށް މެސެޖްތައް ފޮނުއްވަވާ، ތާއިދު ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް މާތްރަސްކަލާންގެ ހެޔޮ ރަހުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރައީސް މައުމޫންގެ ނިންމެވުން ތަކުގެ ސަބަބުން ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގެ ކޯޅުން އިންތިހާ އަށް ބޮޑެވެ ޕާޓީ ދެފަޅިވެފައި ވާއިރު ފިތުރު ޢީދުގެ މުނާސަބަތުގައި ގައުމާއި މުޙާތަބު ކުރައްވަމުން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ނަމަވެސް އަދި ވެސް މައްސަލަތައް ހައްލު ކުރަން މަޝްވަރާއަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ރައީސް މައުމޫންގެ ފަރާތްޕުޅުން ފާޅުކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ