މިއަދު 113 މީހުން ކޮވިޑަށް ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން 113 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 25،304 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ބަލި ޖެހުނު 56 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި 46 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވް ވި 11 މީހެކެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 3062 މީހުން ތިބި އިރު، މިހާތަނަށް 22،166 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް 85 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުން ދިޔަ ނަމަވެސް ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ