ކޮންމެ އަގެއް ދައްކައިގެން ވެސް އިންޑިއާ ސިފަައިން ރާއްޖެއިން ބާލާނަން: އުމަރު

ދައްކަން ޖެހުނު ކޮންމެ އަގެއް ދައްކައިގެން ވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބާލުވާނަމަ އިންޑިއާއަށް އަގެއް ދައްކަންޖެހޭނެ ކަމަށް އިންޑިޔާގެ ސެކިއުރިޓީ އެނަލިސްޓުންނާ ހަވާލާދީ ވޮއިސް އެމްވީގައި ލިޔެފައިވާ އާޓިކަލެއް ޓެގްކުރައްވައެވެ.
އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވެފައިވަނީ ދިވެހި ފަސްގަނޑު މިނިވަންކަންމަތީގައި މިއޮތީ ދިވެހިންގެ ފުރާނައިން ގުރުބާންވެގެން ކަމަށެވެ. އެކަން ނޮވެންބަރު ތިނެއްގެ ހާދިސާއިންނާއި އަދި އެނޫން ތާރީޚީ ހާދިސާތަކުން ކަށަވަރުވާނެ ކަމަށެވެ.
މީގެއިތުރުން އިންޑިއާއަކީ ދިވެހިންގެ އެންމެ އެކުވެރި ގައުމު ކަމަށާއި އެހެންނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ފައިބަންޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައްވައި އުމަރު ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވުމަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އިންޑިއާ ސިފައިން ތިބި ނަމަވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް އެމީހުންގެ ފަރާތުން ކުރިމަތިވުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ