ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނި އަންދައިގެން ކަރަންޓް ދީފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނިން ކަރަންޓް އުފައްދައިގެން ގޭގެއަށް ކަރަންޓް ފޯރުކޮށްދީފި އެވެ. އެގޮތަށް ކަަރަންޓް ފޯރުކޮށްދީފައިވަނީ ރ. ވަންދޫގަ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ "ސަން" އަށް ވިދާޅުވީ މިއީ އަބޫ ދާބީ ފަންޑު ފޯ ޑިވޮލޮޕްމަންޓްގެ އެހީއާއެކު 2016 ވަަނަ އަހަރު ވަންދޫގައި ފެށި ޕްރޮޖެކްޓެއް ކަމަށެވެެ. "ކުނިތައް މި އަންދަނީ އިންސިއުނޭޓަރެއް ބޭނުންކޮށްގެން. 500 ކިލޯ ވޮޓު ކުނު އުފެއްދޭނެ ނަމަވެސް ވަންދޫއަށް ބޭނުންވަނީ 250 ކިލޯ ވޯޓު" މުރުތަޟާ ވިދާޅުވި އެވެ. https://twitter.com/EnvGovMv/status/1153511898215698432 މުރުތަޟާ ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި އަދި އެތަން ރަސްމީކޮށް ހުޅުވުމުން އެރަށަށް މުޅިން ކަރަންޓް ދޭނީ ކުނި އަންދައިގެން ކަމަށެވެ. "އެއަށް ފަހު ޑީސަލް އިންޖީނުތައް ބޭނުންކުރާނީ ބެކަޕްއެއްގެ ގޮތުގައި" މުރުތަޟާ ވިދާޅުވި އެވެ. އަބޫ ދާބީ ޑިވޮލޮޕްމަންތް ފަންޑުގެ ދަށުން އައްޑޫ ސިޓީގައިވެސް ކުނިން ކަރަންޓް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. https://twitter.com/DrHussainHassan/status/1153310350915145734 ކުރީ ސަރުކާރުގައިވެސް އަދި މި ސަރުކާރުންވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ