މަކަރާއި ހީލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަތްދަށުލައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ވިލުފުއްޓަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ހުރިހާ ބެރަކަށް ޖޭޕީ ލައްވައި ނަށުވަމުން ގެންދަވާ ކަމަށާއި އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ ވައްކަމާއި ކޮރަޕްޝާނާއި އަނިޔާ އާއި ފަސާދައަށް ދީލައިލަން ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ދެކެން ބޭނުންވާ މަންޒިލަށް ދިއުމަށް ކަމަށެވެ.
އަދި ބޭނުންފުޅުވަނީ ރާއްޖޭގައި އިންސާފު ގާއިމްވެފައި އޮތުން ކަމަށާއި ހިނގަމުންދާ ކަންކަމާއި، ކަންކަން ހިނގަމުންދާ މިންވަރު ރައްޔިތުން އެދޭ ގޮތްތަކަށް ބަދަލުވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.
''މަނިކުފާނުގެ ހީލަތްތެރިކަމާއި ރޭވުންތެރިކަމުން އަނެއްކާވެސް އަލުން އަނބުރާ އޮނަރަބަލް ގާސިމް އިބްރާހީމް މަނިކުފާނުގެ އަތްދަށަށް ގެންނަވައިފި. އަޅުގަނޑުމެނަށް އެތަން އެބަފެނޭ. އަދި މަނިކުފާނު ތިޔަގެންދަވަނީ ޖުމްހޫރީ ޕާޓީ ލައްވައި ތިބޭފުޅާ ބޭނުންފުޅުވެ ވަޑައިގަންނަވާ ހުރިހާ ބެރަކަށް ނައްޓަވަމުން.'' ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ރައްޔިތުންނަށް އިންސާފު ލިބޭނީ ޝަރުއީ ނިޒާމު އިސްލާހުކޮށްގެން ކަމަށާއި މިހާރު ހިނގަމުންދާ ނިޒާމުގެ ތެރެއިން އެއްގޮތަކަށްވެސް އިންސާފު ލިބެން ނެތް ކަމަށެވެ.
ހީލަތްތެރިކަމާއި ރޭވުންތެރިކަމުން ޔާމީން ވަނީ ގާސިމް އަތްދަށުލައިފަ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ